ކެނެރީގެ ކައިރިން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި ރައީސް ނަޝީދަށް އަނިޔާވެއްޖެ

ރައްޔިތުން މަަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ކައިރިން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި ރައީސް ނަޝީދަށް އަނިޔާވެއްޖެއެވެ.

މި ޙާދިސާ ހިނގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ގ. ކެނެރީގެ ހިމެނޭ ސަރަހައްދު އަތަމާ ޕެލެސް ހޮޓަލް ކުރިމަތީގައެވެ. މިހާދިސާ ހިނގީ އެސަރަހައްދުގައި އޮތް ކާރުކޮޅަކަށް ރައީސް ނަޝީދު އަރާވަޑައިގަންނަވަނިކޮށްވެ.

އެހާދިސާގައި ނަޝީދަށް އަނިޔާވެ މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ނެވެ. އަދި ނަޝީދުގެ ބޮޑީގާާޑަކަށް ވެސް ވަނީ އަނިޔާ ލިބިފަ އެވެ.

ފުލުހުން މިހާރު އެ ސަހަރައްދުގައި އަންނަނީ ހަރަކާތްތެރި ވަމުން ނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!