ލ.ގަމުގައި ކާފިއު ހިންގަން ނިންމައިފި

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ ލ.ގަމުގައި ކާފިއު ހިންގަން ނިންމައިފިއެވެ.

ލ. ގަމުން މިހާތަނަށް 49 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން މިއަދު ފައްސިވި ހަތަރު މީހުން ހިމެނެއެވެ.

ގަމު އޮޕަރޭޝަން ސެންޓަރުން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ގަމު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ މާދަމާރޭ 21:00 ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމައިފައިވާ ކަމަށެވެ. އެ ގޮތުން އެ ވަގުތުތަކުގައި ޚާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަކަށް މެނުވީ މަގުމަތީގައި ނޫޅެވޭނެކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

 ޝިޔާމް ވިދާޅުވީ އެހެންކަމުން ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަަކަށް ނޫނީ މަގުމަތީގައި ނޫޅެވޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!