ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 9 އަކަށް

މިރެއިން ފެށިގެން ރޭގަނޑު 9:00ގެ ފަހުން މާލެސަރަހައްދުގައި ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓުން އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިފިޔަވަޅުތަކަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން އަޅާފައިވާ ފިޔަވަޅުތަކެއްކަމަށެވެ.

މިގަވާއިދުގެ ތެރެއިން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ، ހަވީރު 5:30 އިން ފެށިގެން ރޭގަނޑު 9 ޖެހުމާއި ހަމައަށް ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ރޭގަނޑު 9 އިން މެންދަމު 3 ޖަހަންދެން ޑެލިވަރީގެ ޚިދުމަތް ދެވޭނެކަމަށް އެމިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!