ކޮވިޑް ބަލީގައި މިއަދު ރާއްޖެއިން 3 މަރު

ކޮވިޑް-19 ބަލީގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ތިނަކަށް އަރައިިފިއެވެ.

އެގޮތުން މި ބަލީގައި މިއަދު ނިޔާވި ތިންވަނަ މީހާއަކީ އއ. ރަސްދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިންޑިއާ ފަތުރުވެރިޔެކެވެ.

މީގެއިތުރުން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ، ޅ. ނައިފަރު ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 83 އަހަރުގެ މީހެއްވެސް މިއަދު ނިޔާވެފައިވާ ކަމަށެވެ. އޭނަ ނިޔާވެފައިވަނީ މިއަދު 12:30 އެހާއިރުއެވެ.

ނައިފަރުން ނިޔާވި މިހާގެ އިރުތުން، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ހޯދަމުންދިޔަ 77 އަހަރުގެ ދިވެހި އަންހެނަކު ރޭ ފަތިހު 03:18 އެހާއިރު ނިޔާވެފައިވާ ކަމަށްވެސް އެޗްއީއޯސީން ވަނީ މައުލޫމާތު ދީފައެވެ.

މިއީ މިދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި ތިން ވަނަ ކަމަށްވާއިރު، މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 77 ވަނަ މީހާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!