ދަމުނަމާދު ކުރަން ފައިމަގުގައި ދެވޭނެ: މިނިސްޓްރީ

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ފައިމަގުގައި ދަމު ނަމާދަށް ދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީ ބުނެފިއެވެ.

ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭއިން ވަނީ ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެޗްޕީއޭއިން ރޭ  ބުނެފައި ވަނީ ”ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމައިފައިވާ“ ކަމަށެވެ.

އެހެންކަމުންމެންދަމު 2:00 ގައި ފަށާ ދަމުނަމާދަށް ނުދެވޭނެކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފައިމަގުގައި މިސްކިތަށް ދަމުނަމާދަށް ދިއުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!