ފުވައްމުލަކަށް އަރައިފޭބުން މަނާކޮށްފި

ރޯގާގެ އަލާމާތް ހުރެގެން ފުވަައްމުލަކު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށަށް އަރައިފޭބުން މިއަދު މަނާކޮށްފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، ރޯގާގެ އަލާމާތް ހުރެގެން އިއްޔެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއްކޮށް، ނުވަތަ ކޮންޓެކްޓްވުމުގެ ސަބަބުން ކަރަންޓީނު ކުރެވުނު މީހެއް ނޫން ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ރަށަށް އަރައިފޭބުން މަނާކޮށް، އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވި ގޮތުގައި ފްލޫގެ އަލާމާތް ހުރެގެން ޑޮކްޓަރަށް ދެއްކި އިތުރު މީހަކު ވެސް މިހާރު ވަނީ ޕޮޒިޓިވްވެފަ އެވެ. އެގޮތުން ފަހުން ބެލި ބެލުމުން، އެމީހާއަކީ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ދެ މީހަކު ޕޮޒިޓިވްވެ، ފުވައްމުލަކަށް އަރައިފޭބުން މަނާކުރިއިރު މާލެއެކޭ އެއްގޮތަށް ރަށްރަށަށް ވެސް ވަނީ ކޮވިޑްގެ ބިރުވެރިކަން ބޮޑުވެފަ އެވެ. އެގޮތުން މިވަގުތު ވެސް 28 ރަށެއް އޮތީ އަރައިފޭބުން މަނާކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!