ވެމްކޯ އިން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި

ކޮވިޑް ފެތުރުން ހުއްޓުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން މާލޭގެ ގޭބިސީތަކުން ކުނި ނެރެން ޖެހޭ ގަޑިއަށް ބަދަލު ގެނެސްފި އެވެ.

ވެމްކޯއިން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ކޯޕަރޭޝަނުން މާލެ ސަރަހައްދުގައި ހިދުމަތް ދެމުންދާ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ވެމްކޯއިން އިން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ވެމްކޯގެ ޓްރާންސްފާ ސްޓޭޝަނުންދޭ ހިދުމަތްތައް މިހާރު ފޯރުކޮށްދެނީ ހަވީރު 5:00 ޖެހުމާއި ހަމައަށް ކަމަށެވެ. އަދި ވެމްކޯ ކޯލް ސެންޓަރުގެ ހިދުމަތް ދޭނީ ހެނދުނު 09:00 އިން މެންދުރު ފަހު 3:00 އަށް ކަމަށެވެ.

ވެމްކޯއިން ބުނީ މާލެ ސަރަހައްދުން ދެން ކުނި ނެރެން ޖެހޭނީ ރޭގަނޑު 9:00 އިން 10:00 އަށް ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު ހަތަރަކަަށް ކާފިއު ހިންގުމަށް ވަނީ ނިންމާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!