ތިން ކިލޯ ޑުރަގް ގެނައި ބަޔަކު ހައްޔަރުކޮށްފި

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބިދޭސީ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުސް އިދާރާއިން ބުނި ގޮތުގައި އެ ދެ މީހުންގެ އަތުން 3.4 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ. އޭގެ ތެރެއިން އެކަކީ އިނގިރޭސިވިލާތުގެ މީހެކެވެ. ދެން ހިމެނެނީ ތައިލެންޑު މީހެކެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުކޮޅު ހަފުތާއަަކަށް ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި ދެ މީހުންގެ ތެރެއިން ޔޫކޭ މީހާ ވަނީ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވެފަ އެވެ. އެ މީހާ ހައްޔަރުކޮށްފައި ހުރީ، ފުލުހުންގެ ވިލިމާލޭ ޖަލު / ކަސްޓޯޑިއަލްގަ އެވެ. މަރުގެ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް ޑްރަގް އެތެރެކުރި މައްސަލައާއި ގުޅިގެން ތައި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހައިދީފަ އެވެ. ބަންދުގައި ހުއްޓާ މަރުވި ޔޫކޭ މީހާގެ ބަންދަަށް ދެ މަސް ދުވަސް ކޯޓުން ދީފައި އޮތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!