ޝުޖާއު ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި ފަރުވާދެނީ

ހުޅުމާލެ ދާއިރާއަށް އިންތިހާބުވި އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މައުލޫމާތު ލިބޭގޮތުން ޝުޖާއުވަނީ ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓުވެސް ކޮށްފައެވެ. ޝުޖާއު ޕޮޒިޓިވްވުމާއި ގުޅިގެން އިދިކޮޅުގެ ގިނަ ފަރާތްތަކެއްދަނީ ޝުޖާއުއަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

މާލޭގެ ކޭސްތަކުގެ އަދަދުތައް ވަނީ ބިރުގަންނަށް ޖެހޭ މިންވަރަށް އިތުރުވެފައެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް 735 މީހަކު ޕޮޒިޓިވްވެފައި ވާއިރު މާލޭ ސަރަހައްދުން އެކަނި ވެސް 540 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!