ކޮވިޑްގައި 75 ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދޮށީ އުމުރުގެ އަންހެނަކު ނިޔާވެއްޖެ އެވެ.

އުމުރުން 77 އަހަރުގެ އެ މީހާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތުގަ އެވެ. ނިޔާވެފައި ވަނީ ގއ. ކޮލަމާފުށި މީހެކެވެ.

ކޮވިޑްގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 75 އަކަށް އިތުރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އިގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރުން ގެންދަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ.

އެގޮތުން ރޭގަނޑު 9:00 އިން ފަތިހު 4:00 އަކަށް މާލޭގައި ކާފިއު ހިންގުމާއި، ސަރުކާރުގެ އޮފީސްތަކާއި ބޭންކްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ދިނުމާއި، ސްކޫލުތަކުގެ ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދިއުމާއި، މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުން ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!