ކޯވިޑް ފެތުރުން ހުއްޓުވުމަށް މެލޭޝިޔާގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފި

ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކެއް މެލޭޝިޔާގައި އަޅައިފިއެވެ.

މެލޭޝިޔާގައި މިހާތަނަށް 424،376 މީހުންނަށް ކޯވިޑް-19 ޖެހި 1،591 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިފެތުރޭ މިންވަރުވަނީ އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 3،744 މީހުންނަށް ބަލިޖެހި 17 މީހުންވަނީ މަރުވެފައެވެ.

މެއި މަހުގެ 7ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް މެލޭޝިޔާއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެ ޤައުމުގެ ވެރިރަށް ކުއަލަ ލަންޕޫރުގައި އިޖުތިމާޢީ އެއްވުންތައް ބޭއްވުމާއި ރެސްޓޯރަންޓުތަކުގެ އެތެރޭގައި ކައިބޮއި ހެދުމާއި އެއް ޑިސްޓުރިކްޓުން އަނެއް ޑިސްޓުރިކްޓަށް ދަތުރުކުރުން މަނާކުރުން ހިމެނެއެވެ. އޭގެ އިތުރުން މެލޭޝިޔާގެ އެންމެ މުއްސަނދި ސްޓޭޓުކަމަށްވާ ސެލަންގޯގެ ގިނަ ސަރަޙައްދުތަކެއް ފުރަބަންދުކުރާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!