މާލެ ސަރަހައްދުގައި އިތުރު ފްލޫ ކްލިނިކެއް ހަދަން ނިންމައިފި

މާލެ ސަރަހައްދުގައި އިތުރު ފްލޫ ކްލިނިކެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، މާލެ ސަރަހައްދުގައި އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރަކާއި ފްލޫ ކްލިނިކެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައި ވާއިރު، ރާއްޖެއިން މިއަދު 734 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!