ވެކްސިން ޖެހި މީހުންގެ ތެރެއިން ޕޮޒިޓިވްވީ 2 އިންސައްތަ މީހުން

ކޮވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން  ކޮވިޑް-19 އަށް ޕޮޒިޓިވްވީ ނިސްބަތުން 2.3 އިންސައްތަ މީހުންކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެޗުޕީއޭގެ އެޕިޑަމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ވެކްސިން ދިން މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ މަދު ބައެއް ކަމަށެވެ. އެއީ %2.3 މީހުން ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ އަފްޒަލް ވިދާޅުވީ ކޮވިޑް ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފައިވާނަމަވެސް ބަލިން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަން ލިބޭކަން ނަމްބަރުތަކުން ފެންނަ ކަމަށެވެ. އެހެންނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހަތަރު ހަފްތާ ފަހުންވެސް ޕޮޒިޓިވް ވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެން އެނގެނީ ވެކްސިން ޖެހި ނަމަވެސް ބަލިން ފުރިހަމަ ރައްކާތެރިކަން ނުލިބޭކަން ކަމަށް އަފްޒަލް ވިދާޅުވި އެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!