ކަންގަނާ ޓްވިޓާއިން ސަސްޕެންޑްކުރުމުން ޖޯކު ޖަހަނީ

ހުރިހާ ކަމަކަށް ފާޑުކިޔަމުންދާ ބޮލީވުޑް އެކްޓްރެސް ކަންގަނާ ރަނައުތު ޓްވިޓާއިން އިއްޔެ ސަސްޕެންޑުކުރުމާ ގުޅިގެން، ގިނަ ބަޔަކު އެކަމަށް މަލާމަތްކުރަން ފަށައިފިއެވެ.

ކަންގަނާ ޓްވިޓާއިން ދާއިމީކޮށް ސަސްޕެންޑުކުރީ، އަނިޔާ އަށް ހިތްވަރުދޭ ފަދަ ޓްވީޓެއް ކޮށްގެނެވެ. އެއީ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީ އަށް ގެއްލުންދިނުމަށް ގޮވާލައި އޭނާ ކޮށްފައިވާ ޓްވީޓެކެވެ.

ކޮންމެއަކަސް، ކަންގަނާ ޓްވިޓާއިން ސަސްޕެންޑްކުރުމާ ގުޅިގެން އޭނާދެކެ ހިތްހަމަނުޖެހޭ ފަރާތްތަކުން ދަނީ ޓްވިޓާގައި އެކަމަށް މަލާމަތްކޮށް އެކިކަހަލަ “މީމް” ތައް ހަދަމުންނެވެ.

އެހެނަސް ކަންގަނާ ބުނީ ޓްވިޓާއިން ވަކިކުރިޔަސް، އޭނާ ހިޔާލު ފާޅުކުރާނެ އިތުރު ޕްލެޓްފޯމުތައް އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ކުޅޭ ފިލްމުތަކުގެ ޒަރިއްޔާއިން ވެސް އަޑުއުފުލޭނެ ކަމަށް ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!