ނިއުމާ ސީޒަން އަށް ދޭ ނަސޭހަތް: ކައިވެނި ދެމެހެއްޓޭތޯ ބަލާތި

ދިވެހި ފިލްމީ ދާއިރާގައި އަދިވެސް އެންމެ ގުޅޭ ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ނިއުމާ މުޙައްމަދާއި އަލީ ސީޒަން، އެދެމީހުންގެ މިހާރު އޮތް ގުޅުމާއި ކުރީގެ ބައެއް ހަނދާންތައް އާކޮށްފިއެވެ.

ބައިސްކޯފުން ގެނެސްދޭ “ޑްރާފްޓްސް” ގެ ސީޒަން ދޭއްގެ އެންމެ ފަހުގެ އެޕިސޯޑުގައި ރަހުމަތްތެރިންގެ ގޮތުގައި ބައިވެރިވަމުން، ސީޒަން އާއި ނިއުމާ ވަނީ އެކަކު އަނެކަކަށް ސުވާލުތަކެއް ކޮށްފައެވެ. އޭގެތެރެއިން ސީޒަން އަށް ނިއުމާ ދޭނެ ނަސޭހަތަކީ ކޮބައިތޯ ސީޒަން އެހުމުން ނިއުމާ ވަނީ ދިރިއުޅުމާ ބެހޭގޮތުން ވަރަށް ރަނގަޅު ނަސޭހަތެއް ދީފައެވެ.

އެންމެފުރަތަމަ ނިއުމާގެ ވާހަކަ ފެށީ، އެއްވެސް މީހަކީ “ޕާފެކްޓް” މީހެއް ނޫންކަމަށް ބުނަމުންނެވެ. އަދި ސީޒަންގެ އަމިއްލަ ދިރިއުޅުމާ ބެހޭ މާގިނަ ކަންތައްތަކެއް ނިއުމާއަށް ނޭނގޭ ކަމަށާއި، އެވާހަކައަށް ދާން ބޭނުންނުވާ ކަމަށް ނިއުމާ ބުނެއެވެ. އެކަމަކު ރައްޓެއްސެއްގެ ގޮތުގައި އެއްޗެއް ބުނާނަމަ ނިއުމާ ބުނާނީ، ސީޒަންގެ ކައިވެނީގައި ދަރިއަކުވެސް ހުރުމާއެކު، އެއްކޮށް އުޅެވޭތޯ ބަލާށޭ ކަމަށް ބުނެއެވެ.

“ދަރިއަކު ލިބުނީމަ ޕޭރެންޓްސް ސެޕަރޭޓް ވުމަކީ ވަރަށް އެހެން ކަހަލަ ކަމެއް. އަހަރެން މިހާރު އޭތި ސަފާރ ކުރަން އެބަ” ނިއުމާ ބުނެއެވެ. އެގޮތުން އޭނާގެ އަމިއްލަ ތަޖުރިބާއަށް ބަލާފައި ބުނާނަމަ ބުނާނީ އުމުރުދުވަހަށް ކައިވެނި ދެމެއްޓޭތޯ މަސައްކަތް ކުރާށޭ ކަމުގައި ނިއުމާ ބުނެއެވެ.

ނިއުމާގެ ނަސޭހަތް އަޑުއަހާފައި ސީޒަން ވެސް އެވާހަކައަށް ތާއީދުކުރާކަން ދޭހަވެއެވެ. އެގޮތުން ސީޒަން ބޯޖަހަން އިނދެފައި ނިއުމާގެ އެ ނަސޭހަތަށް ޝުކުރުއަދާކުރާތަން ފެނިގެންދެއެވެ.

މީގެކުރިން ކައިވެނިކޮށް ވަރިވެފައިވާ މި ދެތަރިންނަކީ މިއަދާ ހަމައަށްވެސް ވަރަށް ގާތް ދެ އެކުވެރިންކަން މި ޝޯއިން އެނގިގެންދެއެވެ. އެދެމީހުން ފުރަތަމަ ބައްދަލުވި ގޮތާއި، އެކުގައި ކުރެވިފައިވާ އެންމެ ހިތްހަމަޖެހޭ ފިލްމީ މަސައްކަތާއި، ކައިވެންޏާ ހަމައަށް ދިޔަގޮތް ވެސް މި އެޕިސޯޑުގައި ނިއުމާ އާއި ސީޒަން ކިޔައިދެއެވެ. އަދި އެކުގައި އުޅުނުއިރު އެންމެ ހަނދާން ހުންނަ ކަންތައްތަކަކީ ކޮބައިކަން ވެސް ފާހަގަކޮށްފައިވެއެވެ.

އަލީ ސީޒަން އަކީ ފިލްމުތަކުން ފެނުމުގެ އިތުރުން މިހާރު ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެއްގެ މަޤާމު ވެސް ފުރަމުންދާ ފަންނާނެކެވެ. ނަމަވެސް ނިއުމާ މުހައްމަދު ވަނީ އެކްޓިންގ އަށް އަލްވަދާއު ކިޔައިފައެވެ. އޭނާ ހަމައެކަނި ހަރަކާތްތެރިވަނީ ކެމެރާގެ ފުރަގަހުގައި، ޕްރޮޑިއުސަރެއްގެ ގޮތުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!