ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ހަމްދާން

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު ހަމްދާން ހަމަޖައްސަވައިފިއެވެ.

ޕޮލިސީ ސެކެޓްރީއަކަށް ހަމްދާން އައްޔަން ކުރެއްްވީ ކުރިން އެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާ އެންވަޔަމަންޓް، ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމަށް މިއަދު އައްޔަން ކުރެއްވުމާ ގުޅިގެން ނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަމްދާނަށް މަގާމުގެ ލިޔުން ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހަމްދާން އަންޑާ ސެކެޓްރީގެ މަގާމު ފުރުއްވަން ފެއްޓެވީ 2018 ވަނަ އަަހަރު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!