އިސް ގާޒީ ޝަކީލުގެ ސުލޫކީ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިިފި އެވެ.

ޖޭއެސްސީން މިއަދު ނެެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މީހެއްގެ ބަންދާއިމެދު ގޮތް ނިންމުމުގައި ކަނޑައެޅިފައިވާ ގާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓްގެ އިސް އަހުމަދު ޝަކީލް އަމަލު ކުރެއްވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ނިންމާ ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. މި ނިންމުން މިއަދު ޖޭއެސްސީން އާންމު ކުރި ނަމަވެސް މިއީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ނިންމި ނިންމުމެކެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޝަކީލު އައްޔަން ކޮށްފައިވަނީ ނޮވެންބަރު 26، 2020 ގައެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!