ހިކި ކެއްސުމަށް ގޭގައި ދެވިދާނެ ފަރުވާ

ކޮވިޑް-19 ގެ އެންމެ ކުރީކޮޅު ފެންނަ އެއް އަލާމާތަކީ ހިކި ކެއްސުމެވެ. ހިކި ކެއްސުމަކީ، އެއްވެސް އަރިދަފުހެއް ނުއުފެދޭއިރު ކެއްސާ ކެއްސުމެވެ. މިއީ އާންމު ދިރިއުޅުމުގައި ވަަރށް އުނދަގޫ ކުރުވާ ކަމެކެވެ. ބައެއް ފަހަރު މިގޮތަށް ކެއްސާވަރުން ނުނިދިގެން ވެސް އުޅެންޖެއެވެ. ކޮވިޑް އަށް ޕޮޒިޓިވް ނުވިޔަސް، އާދައިގެ ރޯގާއެއް ޖެހިފައި ރަނގަޅުވާ ދުވަސްކޮޅު މިގޮތަށް ކެއްސުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ.

މިފަހަރު މި ކިޔައިދެނީ، އެއްވެސް ޑޮކްޓަރީ ބޭހަކާ ނުލައި ހިކި ކެއްސުމުން ފަރުވާ ހޯދުމަށް ގޭގައި ކުރެވިދާނެ 3 ކަމެކެވެ.

1. މާމުއި

މާމުޔަކީ އެންޓި-ބެކްޓީރިއަލް އަދި އެންޓި-ފަންގަލް މާއްދާތަކުން މުއްސަނދި އެއްޗެކެވެ. އެހެންކަމުން ކަރުގައި ހުންނަ ޖަރާސީމުތައް ނައްތާލައި، ކެއްސުން ހުއްޓުވުމަށް މާމުއި ވަރެއް ނޯންނާނެއެވެ. ހަދަންވީ ގޮތަކީ، ހޫނު ފެންތަށްޓަކަށް ދެ މޭޒުމަތީ ސަމްސާ މާމުއި އަޅާފައި އެއްކޮށްލާނީއެވެ. މި ބުއިން ކޮންމެދުވަހަކު ދެފަހަރު ބުއިމުން ކެއްސުން ވަރަށް އަވަހަށް ފިލާނެއެވެ.

2. އިނގުރު

އިނގުރަކީ ވަރަށް ގިނަ އާންމު ބަލިތަކަށް ފަރުވާއެކެވެ. އޭގެތެރޭގައި ހިކި ކެއްސުންވެސް ހިމެނެއެވެ. އިނގުރާއި ކަރަންފޫ އަޅައިގެން ހޫނު ސައިތަށްޓެއް ތައްޔާރުކޮށްފައި ކޮންމެ ހެނދުނަކާއި ރޭގަނޑު ނިދަން ދިޔުމުގެ ކުރިން ބުއިމުން، ކަރުތެރެ ސާފުކޮށްދޭނެއެވެ. އަދި ވަރަށް އަވަހަށް ކެއްސުން ހުއްޓޭނެއެވެ.

3. ލޮނުފެން

ތާފަނާ ފެނަށް އެއް މޭޒުމަތީ ސަމްސާގެ ލޮނު އަޅާފައި ކޮންމެ ދުވަހަކު 3 ފަހަރު މި ފެނުން ކަރުތެރެ ދޮވެލާށެވެ. މި ފަރުވާއިން ކުއްލިއަކަށް ކެއްސުން ހުއްޓުމަކަށް ނަޔަސް، ކަރުތެރޭގައި އުފެދިފައި ހުންނަ ބެކްޓީރިއާތައް ނައްތައިލަދޭނެއެވެ. އަދި ކެއްސުންވެސް މަޑުމަޑުން ހަމައަކަށް އެޅޭނެއެވެ. ކަރުތެރެ ދޮންނަންވާނީ މަދުވެގެން 20 ސިކުންތު ވަންދެނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!