މާފުށި ސިއްހީ މަރުކަޒުގެ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކ. މާފުށީގެ ހެލްތު ސެންޓަރުގައި މަސައްކަތް ކުރަމުންދާ ގިނަބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެރަށު ސިއްހީ މަރުކަޒުން ރޭ އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެތަނުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ޑޮކްޓަރަކާއި ނަރުހަކު ހިމެނެއެވެ. ދެން ޕޮޒިޓިވްވި ދެމީހުންނަކީ އެތަނުގައި މަސައްކަތް ކުރާ ރިސެޕްޝަނިސްޓާއި ޑްރައިވަރެވެ.

މީގެ އިތުރުން، ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓުވި މުވައްޒަފުންތަކެއް ދެނެގަނެވި، އެމީހުން ކަރަންޓީން ކޮށްފައިވާ ކަމަށް މާފުށި ސިއްޙީ މަރުކަޒުން ބުންޏެވެ. އެގޮތުން މިހާތަނަށް އެ ސިއްހީ މަރުކަޒުގެ 12 މުވައްޒަފަކު ތިބީ ކަރަންޓީންގައެވެ.

މާފުށިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 300 އިން މައްޗަށް އަރާފައިވާއިރު، 98 ގެ ހުރީ ކަރަންޓީންގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!