An official displays a vial containing COVISHIELD, a coronavirus disease (COVID-19) vaccine manufactured by Serum Institute of India, after a consignment of the vaccines arrived from the western city of Pune for its distribution, inside a vaccination storage centre in Ahmedabad, India, January 12, 2021. REUTERS/Amit Dave

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލައިފި

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލާފައިވާކަން އެޗްޕީއޭއިން އާއްމުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

“މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލި ވާހަކަދަންނަވަމެވެ” އެޗްޕީއޭ އިން ބުންޏެވެ. އެޗްޕީއޭ އިން ބުނީ ވެކްސިން އަލުން ޖަހަން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

 ވޭތުވެދިޔަ ދުވަސްތަކުގައިވަނީ ކޮވިޝީލްޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން 12 ހަފްތާ ހަމަވެފައިވާ މީހުންނަށް އިސްކަންދީގެން ވެކްސިންދިނުމުގެ ކަންކަން ސޯޝަލް ސެންޓަރުގައި ކުރިއަށްގެންގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!