މޭކަޕް ނުކޮށް ހުންނައިރު ވެސް ޖެނީފާ ލޮޕޭޒް ވަރަށް ޒުވާން!

ޖެނީފާ ލޮޕޭޒް (ޖޭލޯ) އަކީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިއެއްގެ އިތުރުން ކާމިޔާބު އެކްޓްރެސް އެކެވެ. ދާދިފަހުން އޭނާގެ ވާހަކަ ނޫސްތަކުގެ ފަލަސުރުޚީއަށް އެރީ، އޭނާގެ އެންގޭޖްމެންޓު ރޫޅުމުންނެވެ. އެހެންނަމަވެސް މިފަހަރު ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ.

ޖޭލޯގެ އުމުރުން 51 ފުރި، 52ށް އަޅާފައި ވާއިރުވެސް އޭނާގެ މޫނުމަތިން އަދިވެސް ހީވަނީ ޒުވާނެއް ހެނެވެ. މިހެން ބުނުމުން ފާޑުކިޔުންތެރިންގެ އެންމެ ވަރުގަދަ ރައްދަކީ، މޭކަޕް ކޮށްފައި ހުންނައިރު އެންމެންވެސް ޒުވާންކަމަށް ދައްކާނެ ކަމަށެވެ. އެކަމަކު، ޖޭލޯއަކީ ދޭތެރެދޭތެރެއިން މޭކަޕް ނުކޮށްހުރެ ނަގާ ސެލްފީ ވެސް މީސްމީޑިއާގައި ހިއްސާކުރަމުން އަންނަ ތަރިއެކެވެ. އޭގެތެރެއިން ތިރީގައި ފެންނަން ހުރި ފޮޓޯއަކީ ވެސް ނިދާހޭލި ގޮތަށް، އެއްވެސް މޭކަޕަކާ ނުލައި އޭނާގެ ޤުދުރަތީ ރީތިކަން ހާމަވެގެންދާ ނިކަން ހިތްގައިމު ސެލްފީއެކެވެ. މި ފޮޓޯ ފެނިފައި، އެއީ 51 އަހަރުގެ މީހަކޭ ހީވެސް ނުވާނެއެވެ.

ޖޭލޯގެ ހުނަރާ އެއްވަރަށް އޭނާގެ ރީތިކަން އަދިއަދަށް ވެސް ފެންނަން ހުރުމަކީ، އޭނާގެ ތަރި ފަނޑުވުމެއްނެތި ފިޔަޖަހަމުން ދިޔުމުގެ މައިގަނޑު ސަބަބު ކަމަށް ބެލެވިދާނެއެވެ. ޖޭލޯ އެންމެފަހުން ކުޅެފައިވާ ފިލްމަކީ “މެރީ މީ” ކިޔާ ރޮމެންޓިކް ފިލްމެކެވެ. އެކަމަކު މި އަހަރުގެ ލޯބިވެރިންގެ ދުވަހު އަޅުވަން ނިންމާފައި އޮތް މި ފިލްމު، އެކިއެކި ސަބަބުކާހެދި ލަސްވަމުން ގޮސް އެންމެފަހުން އަޅުވަން ނިންމީ އަންނަ އަހަރުގެ ލޯބިވެރިންގެ ދުވަހާ ދިމާކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!