ވެކްސިން ޖެހުމުން ދަތުރުކުރަން ދިން ލުއިތައް މެދުކަނޑާލައިފި

ކޮވިޑް 19 ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރާ މީހުން ދަތުރުކުރުމަށް ދިން ލުއިތައް މެދުކަނޑާލުމަށް ނިންމައިފި އެވެ.

 

 

ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވެކްސިން ޖެހުމުން ދަތުރުކުރަން ދިން ލުއިތައް މެދުކަނޑާލުމުގެ އިތުރުން، ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

އެގޮތުން ހުއްދައާއެކު ވެސް މާލެއިން އެހެން ރަށަކަށް ދަތުރު ކުރެވޭނީ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަށްފަހު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!