އޭލެވެލް އިމްތިހާނު ކުރިއަށް ނުގެންދަން ނިންމައިފި

އިމްތިހާނު ކަރުދާސްތައް ލީކުވުމާ ގުޅިގެން އެޑެކްސެލް އޭ.ލެވެލް އިމްތިހާނު ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ

އޭލެވެލް އިމްތިހާނު ކުރިއަށް ނުގެންދިއުމަށް ނިންމީ މިފަހަރުގެ އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާގުޅިގެން އިމްތިހާނާމެދު އޮތް އިތުބާރު ގެއްލިފައިވާތީކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ އެޑެކްސެލްއާ މަޝްވަރާކުރުމަށްފަހު، ރާއްޖޭގައި ދެން އިމްތިހާނު ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށް ދެ ގޮތެއް އިހްތިޔާރުކުރުމުގެ ފުރުސަތު އެބައޮތްކަމަށާއި، އެގޮތުން އޮކްޓޯބަރ-ނޮވެމްބަރުގެ އިމްތިހާނަށް މަޑުކުރަން ބޭނުންވާ ކުދިންނަށް އެ ފުރުޞަރު ދިނުމުގެ އިތުރަށް، އަވަހަށް އިމްތިހާން ހަދަން ބޭނުންވާ ކުދިންނަށްވެސް އިތުރު އިންތިޒާމެއް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މޭ-ޖޫންގަ އިމްތިހާން ނިންމަން ބޭނުންވާ ކުދިންނަށް ދެވޭނީ ފީޗަރ ބޭސްޓް އެސެސްމަންޓެއް. މިއީ ސްކޫލުން ތައްޔާރުކުރާ އިމްތިހާން ކަރުދާސްތަކެއް. އެހެން ނަމަވެސް ހަމަ އެޑެކްސެލްގެ މިންގަނޑަށް، އެޑެކްސެލް ގްރޭޑް ސެޓްފިކެޓް ލިބޭނީ.”މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ފީޗަރ ބޭސްޑް އެސެސްމަންޓް ހަދާ ކުދިންގެ އިމްތިހާން، ޖޫންމަހު ނިންމޭނެގޮތަށް އިންތިޒާމްތައް ހަމަޖައްސާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އޮކްޓޯބަރ-ނޮވެމްބަރަށް އިމްތިހާނު ހެދުން ބަދަލުކުރަން ބޭނުންވާ ކުދިންނަށް އެ އިންތިޒާމު، އެކުއްޖަކު ޓެސްޓުހަދާ މަރުކަޒަކުން ހަމަޖައްސައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!