ސަރުކާރުން ނޫސްވެރިކަމަށް ކުރިއެރުން ހޯދައިދީފި: މިނިސްޓަރ ޝާހިދު

ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި ސިޔާސީ ނިންމުންތަކާއި ބަހުސްތަކުގައިވެސް މީޑިއާ އަދާކުރާ ދައުރު ނުހަނު ބޮޑުކަމަށް ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚާއްސަ މެސެޖެއްގައި ވަނީ މީގެ 30 އަހަރު ކުރިން އެންމެ ފުރަތަމަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރަން ފެށި ގޮތަށް އަލިއަޅުވާލައްވާފައެވެ. 1993 ވަނަ އަހަރު ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީގައި ފުރަތަމަ ފަހަރަށް މި ދުވަސް ފާހަގަ ކުރަން ފަށާފައިވާއިރު މިއީ ގައުމުތަކުގެ ޑިމޮކްރަސީއާއި މިނިވަންކަން ރައްކާތެރި ކުރުމަށް ނޫސްވެރިން އަދާކުރާ މުހިއްމު ދައުރު ފާހަގަކުރާ ދުވަހެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި ސިޔާސީ ނިންމުންތަކާއި ބަހުސްތަކުގައިވެސް މީޑިއާ އަދާކުރާ ދައުރު ނުހަނު ބޮޑު ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބަދުވެސް ރައްކާތެރިކަން ބޭނުންވާނެ އެއްޗެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ މުޅި ދުނިޔެއަށް ބަލާއިރުވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ.

މިހާރު ދުނިޔޭގެ ހާލަތަށް ބަލާއިރު ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަމުގައިވެސް މީޑިއާގެ މުހިއްމު ދައުރު ފެނިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި އިތުބާރު ހިފޭ މައުލޫމާތު ފޯރުކޮށްދެވޭ ކަން ކަށަވަރު ކުރުމުގެ މުހިއްމުކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!