ޒަރޫރީ ބޭނުމަށް ނޫނީ އެއްރަށުން އަނެއް ރަށަށް ދިއުން މަނާކުރަނީ

މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޟަރޫރީ ބޭނުންތަކަށާއި، ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ނޫންގޮތަކަށް މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓަލުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން މިގޮތަށް އަންގާފައިވަނީ އަތޮޅުތަކުގެ ރަށްތަކުގައި ކޯވިޑް19 ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުުރު ސޮއިކުރާއްވާ ނެރުނު ބަޔާނުގައި ބުނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ޒަރޫރީ ބޭނުމުގައިނޫން ގޮތަކަށް މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާކަމަަށެވެ. މީގެ ތެރޭގައި މާލެއާއި، ވިލިނގިއްޔާއި، ހުޅުމާލެއާއި، ގުޅިފަޅާއި، ތިލަފުށި ނުހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި އެއްރަށުން އަނެއް ރަށަށް އާއްމު ދަތުރުފަތުރު ކުރުން ހުއްޓާލިނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްކުރުމަށް ދަތުރުތަކަށް ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދޭން ވާނެކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ރައްކާތެރިކމަުގެ ގޮތުން މި ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށް މިބަޔާނުގައިވެއެވެ.

އެއްރަށުން އަނެއްރަށައް ދަތުރުކުރުން ހުއްޓަލުމަށް އަންގާފައިވާއިރު މިހާރުވެސް ކޯވިޑްގެ ކޭސްތަކެއް ފެނިގެން ބައެއް ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެޗްޕީއޭއިން ވަނީ ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި މީހުން ދިއިރުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުމަށްވެސް މަޖުބޫރުކޮށްފައެވެ.

އެޗްޕީއޭއިން މިގޮތަށް އަންގާފައިވާއިރު ކުރިއަށް އޮތީ ފިޠުރު ޢީދު ބަންދުކަމުން ހެލްތް މިނިސްތަރ އަޙްމަދު ނަޞީމް ވަނީ އީދު ބަންދުގައި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަށް ނުދިއުމަށާއި ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!