ދިއްދޫ މޮނިޓަރިންގ އަށް

ހއ.ދިއްދޫގައި ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ދިއްދޫން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ރޭގެ ވަގުތެއްގައި އެރަށުގަ ހުރި ފުލޫ ކްލިނިކަށް ދެއްކި މީހެއްކަމަށް ހއ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި މިމީހާގެ ނަތީޖާ ލިބިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި ފްލޫ ކްލިނިކަށް ދެއްކި ފަހުން އޭނާ ހުރީ ކަރަންޓީނު ކޮށްފައި ކަމަށްވެސް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

އެރަށުން ޕޮޒިޓިވްވި މީހާއަކީ ގިނަ މީހުންނާ ބައްދަލުވާ ތަނެއްގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!