ކޮވިޑް ޖެހިގެން އިންޑިއާގެ މަޝްހޫރު އެކްޓަރަކު މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ބިކްރަމްޖީތު ކަންވަރްޕަލް، ކޮވިޑް-19 ގެ ޝިކާރައަކަށްވެގެން މަރުވެއްޖެއެވެ.

ބޮލީވުޑްގެ ފިލްމުތަކުންނާއި، ގިނަ ޓީވީ ސީރިޒް ތަކަކުން ފެނިގެންގޮސްފައިވާ ހުނަރުވެރި އެކްޓަރު މަރުވީ މިއަދުގެ ވަގުތެއްގައެވެ. ކޮވިޑަށް ފަރުވާދެމުން ދަނިކޮށް އޭނާ މަރުވިއިރު އުމުރަކީ 52 އަހަރެވެ.

ބިކްރަމްޖީތުގެ ކުއްލި މަރާ ގުޅިގެން، އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ނިސްބަތްވާ ގިނަ ފަންނާނުންތަކެއް ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

ކުރިން ސިފައިންގޭގައި އުޅުނު ބިކްރަމްޖީތުގެ ޓީވީ ކެރިއަރުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، “ދިޔާ އޯރް ބާތީ ހަމް”، “ޔޭ ހޭ ޗާހަތޭ”، “ދިލް ހީ ތޯ ހޭ” އަދި “24” ހިމެނެއެވެ. އަދި އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން، “2 ސްޓޭޓްސް”، ޕޭޖް 3″، “މާޑާ 2” އަދި “ޒަންޖީރް” ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!