ސަރުކާރުގެ ކެބިނެޓަށް މާދަމާ ބަދަލު ގެންނަނީ

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެބިނެޓަށް މާދަމާ ބައެއް ބަދަލުތައް ގެނެސްް އެކަން އިއުލާނުކުރާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، ކެބިނެޓްގެ ހަތަރު މަގާމަކަށް މާދަމާ ބަދަލު ގެންނަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ނިންމަވައިފައެވެ. އެއީ އެންވަޔަރްމެންޓް މިނިސްޓްރީއާއި، ފިޝަރީޒް މިނިސްޓްރީ އަދި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމެވެ.

އެނގިފައިވާ ގޮތުގައި އެންވަޔަރްމަންޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވައި، އެ މިނިސްްޓްރީގައި މިހާރު ހުންނެވި ޒަހާ ވަހީދު ބަދަލުކުރައްވާނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށެވެ. އެއަށް ފަހު އެންވަޔަރްމެންޓް މިނިސްޓަރުކަމަށް ހަމަޖައްސަަވާނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާއެވެ.

ހުސްވެފައިވާ ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް ވެސް މާދަމާ ބޭފުޅަކު ހަމަޖައްސަވާނެ ކަމަށް “މިހާރު” ނޫހުން ރިޕޯޓުކުރެއެވެ.

ކެބިނެޓަށް ބަދަލުތައް ގެންނަން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް އޮފީހުން ވެސް މިދިޔަ ހަފްތާގައި ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!