ކޯސްޓްގާޑް އުޅަނދެއް / ފޮޓޯ: ގޫގުލް

ހިފެހެއްޓީ ލަންކާގެ މަސް ބޯޓުތަކެއް: ޕޮލިސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ބޯޓުތަކަކީ ލަންކާގެ ބޯޓުތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު މ. އާއި ވ. އަތޯޅާ ދިމާ އިރުން އީއީޒެޑްގެ 30 ނޯޓިކަލް މައިލް ތެރެއިން ހިފެހެއްޓި މި ފަސް ބޯޓު ހުޅުމާލެ ގެނެސްފައިވަނީ އިއްޔެ 16:30 ހާއިރު އެވެ. 

މިހާރު މި ބޯޓުތައް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ފުލުހުން މި ކޭސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!