ރަވީއާއި އަޒޭގެ އެކްސް ލިސްޓުގެ ތެރޭގައި ކުރީގެ މަޝްހޫރު ބަތަލާއިން!

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ރަވީ ފާރޫޤާ އަހުމަދު އަޒްމީލް (އަޒޭ)، ފިލްމީ ދާއިރާއިން ރައްޓެހިވި އަންހެން ކުދިންގެ ނަންތައް ހާމަކޮށްފިއެވެ.

ބައިސްކޯފުން ގެނެސްދޭ “ތުންތުންމަތިން” ޝޯގައި ބައިވެރިވަމުން، ޝޯގެ ހޯސްޓު ޝަހޫ ހަވާލުކުރި ޓާސްކެއްގެ ތެރެއިން ރަވީއާއި އަޒޭ ވަނީ އެދެމީހުންގެ “އެކްސް” ތަކުގެ ނަންތައް ހާމަކޮށްފައެވެ. އެގޮތުން ރަވީ ލޯބީގެ ގޮތުން ގުޅުނު ބަތާލައިންގެ ތެރޭގައި ހިމެނެނީ ކުރީގެ މަޝްހޫރު އެކްޓްރެސް ނާދިޔާ ހަސަން (ސިތޫ) އާއި އާމިރާ އިސްމާއިލް އެވެ. ހަމައެހެންމެ، ޒުވާން ތަރި މަލީހާ ވަހީދު (މަލް) އާ ވެސް ރައްޓެހިވި ކަމަށް ރަވީ ބުނެއެވެ.

އަޒޭ ކުރިން ރައްޓެހިވި ކަމަށް ބުނީ ކުރީގެ ބަތަލާ ސޯނިއާއާ އެވެ.

މި ނޫނަސް ގިނަ ވާހަކަތަކެއް ރަވީއާއި އަޒޭ ވަނީ “ތުންތުންމަތިން” ގައި ހިއްސާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!