ކޮވިޑް-19: އަނެއްކާވެސް 400 އިން މައްޗަށް!

މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 465 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 193 މީހުންނާއި، އަތޮޅުތެރެއިން މީހުން ދިރިއުޅޭ ރަށްތަކުން 242 މީހުންނާއި، ރިސޯޓުތަކުން 25 މީހުން އަދި ސަފާރީތަކުން 5 މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 29،835އަށް އަރައިފައެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 72 މީހުންނެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޢަދަދަކީ 4978 މީހުންނެވެ. އޭގެތެރެއިން 146 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3305 ސާމްޕަލެއް ވަނީ ނަގައިފައެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 73 މީހަކު ވަނީ ނިޔާވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!