ވިޒިޓް މޯލްޑިވްސް އިން ސްވިޒަލޭންޑްގައި ރާއްޖެ އިޝްތިހާރު ކުރަނީ

ވިޒިޓް ގޯ ޓުއާސް އާއި ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ސްވިސް މާކެޓަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރު ކުރަން ކެމްޕެއިނެއް ފަށައިފިއެވެ.

އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެކެމްޕެއިންގެ މަގްސަދަކީ ސްވިސް މާކެޓުގައި ރާއްޖެއަކީ ރައްކާތެރި އަދި މަގުބޫލް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެ އެވެ. ފަތުރުވެރިންނަށާއި ޓްރެވެލް ޓްރޭޑަށް އަމާޒުކޮށް އެ ކެމްޕެއިންގެ ދަށުން އޮންލައިން އަދި އޮފްލައިން މާކެޓިން ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް ބުނެ އެވެ.

އެކެމްޕެއިންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ފުރަތަމަ ހަރަކާތަކީ ވާޗުއަލް ޑައިރެކްޓް ކަސްޓަމާ އިވެންޓެ ކެވެ. އެހަރަކާތުގައި 150-200 ޓްރަވަލް އެޖެންޓުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ވިޒިޓް މޯލްޑްވިސްއިން ބުނެއެވެ. އަދި މީގެ އިތުރުން 1900 ޓްރެވެލް ޓްރޭޑް މެމްބަރުންނަށާއި 8500 ޕްރައި ވެޓް ކްލައިންޓުން ނަށް ފޮނުވާ ނިއުސްލެޓާގައި ރާއްޖެ އިޝްތިހާރުކުރެވި ގެންދާނެ ކަމަށް ބުނެ އެވެ. 

ވިޒިޓް މޯލްޑިވްސް އިން ބުނެފައި ވަނީ މައުލޫމާތު ލެޓްސް ގޯ ޓުއާސް ގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް ހަ މަސް ދުވަހުގެ އައުޓްޑޯ ކެމްޕޭނެއްވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން ސްވިޒަލޭންޑްގެ ސިޓީއެއް ކަމަށްވާ ޝަފްހައުޒެންގައި ދަތުރުކުރާ ބަހުގައި ރާއްޖެ އިޝްތިހާރުކުރެވިގެންދާނެ ކަމަށް ވެސް ބުނެ އެވެ.އެ އިޝްތިހާރު 82000 މީހުނަށް ފޯރާނެކަމަށް ލަފާކުރެވެވޭ ކަމަށް ވެސް ވިޒިޓް މޯލްޑިވްސް ބުނެ އެވެ.

1994 ގައި ޝަފީހައުސެން ސްވިޒަލޭންޑްގައި ފެށުނު ލެޓްސް ގޯ ޓުއާސް އަކީ އެފްރިކާއާއި، އަރަބި ގައުމުތަކާއި އިންޑިއާ ކަނޑުގެ ގައުމުތަކަށް ހާއްސަ ޓުއާ އޮޕަރޭޓަރެއް ކަމަށާއި 26 އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާއާއި އެކު ލެޓްސް ގޯ ޑު އާސް އަކީ ސްވިސް އަޕްސްކޭލް މާކެޓުގައި އެންމެ މަޤުގުބޫލު އެއް ޓުއާ އޮޕަރޭޓަރު ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ. އަދި ލެޓްސް ގޯ ޓުއާސް އާއި އެކު ކުރިއަށް ގެންދެވޭ ކެމްޕޭނުގެ ސަބަބުން ސްވިސް މާކެޓުގައި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވިގެންދާނެ ކަމަށް ވެސް ބުނެ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލާ ހަމައަށް ޓޫރިޒަމް މިނިސްޓަރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސްވިޒަލޭންޑަކީ ދިވެހިރާއްޖެއަށް 8 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުކަން ފާހަގަކުރަމުން ވިޒިޓް މޯލްޑިވްސްއިން ބުނެފައި ވަނީ  % 2.7 ގެ މާކެޓް ޝެއާ އާއެކު ރާއްޖެއަށް ވަނީ 5,189 ފަތުރުވެރިން ސްވިޒަލޭންޑުން ޒިޔާރަތްކޮށްފައި ކަމަށެވެ.

އަދި ސްވިޒަލޭންޑްގެ ފަތުރުވެރިންނަށް އެޑެލްވެއިސް އެއާލައިންސްއިން ރާއްޖެއަށް ދަތުރުކުރާ ކަމަށާއި އެ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ކުރިއަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޕްރިންޓް އަދި ޑިޖިޓަލް މީޑިއާ ކެމްޕެއިން، ސްޓޭކްހޯލްޑަރުންނާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޖޮއިންޓް ކެމްޕެއިން، މީޑީއާ ފެމިލިއަރައިޒޭޝަން ޓްރިޕްސް، އީ-ލާނިންގް އަދި މީޑިއާ އިވެންޓްސް ހިމެނޭ ކަމަށް ވިޒިޓް މޯލްޑްވިސްއިން ބުނެފައި ވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!