ނ އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފި

ނ. އަތޮޅު ހޮސްޕިޓަލުގައި އެކްސްޓެންޝަން އިމާރާތެއް އެޅުމުގެ މަސައްކަތް ކްލޭ ލިމިޓެޑް ލައިބިލިޓީ ފާރޓްނަރޝިޕާއި ހަވާލުކޮށްފިއެވެ.

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫޢު ކްލޭ ލިމިޓެޑާ ހަވާލުކުރީ، މަސައްކަތް ހަވާލުކުރާތާ 13 ދުވަސް ތެރޭ ފަށާ، 147 ދުވަސްތެރޭ މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ނ. އަތޮޅު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

އަދި މިހާރު ހަދާ އެކްޓެންޝަން އިމާރާތަކީ 242.33 އަކަ މީޓަރުގެ ހުސް ޖާގައެއްގައި އަޅާ އިމާރާތެއްކަމަށާއި، މި އިމާރާތް ނިމޭއިރު 6 އޯޕީޑީ ރޫމާއި، ލެބޯޓްރީއަކާއި، ވެއިޓިން އޭރިއާއެއްގެ އިތުރުން ފާހާނާއެއް ހުންނާނެކަމަށްވެސް މިނިސްޓްރީ މައުލޫމާތު ދެއްވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!