އުކުޅަހުން އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އއ. އުކުޅަހުން އިތުރު 18 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 21 އަށް އަރައިފިއެވެ.

އުކުޅަހުން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ސާމްޕަލް އެކެވެ. ސާމްޕަލް ޕޮޒިޓިވް ވުމާ އެކު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އުކުޅަހު ކައުންސިލުން ބުނީ، ކޮންޓެކްޓް ޓްރޭސިންގެ 55 ސާމްޕަލްގެ ތެރެއިން 18 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި 08 ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށް ވެސް ކައުންސިލުން ބުނެއެވެ. އުކުޅަހުން ޖުމްލަ 21 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ މިއަދު ޕޮޒިޓިވްވި 18 މީހަކާއި މިމަހުގެ 27 ވަނަ ދުވަހު ޕޮޒިޓިވްވި ދިވެއްސަކާއި، މީގެ ހަފްތާއެއް ކުރިން ޕޮޒިޓިވްވި އިންޑިއާ 2 ފަތުރުވެރިއެކެވެ.

އުކުޅަހުގެ އިތުރުން އެއަތޮޅު މަތިވެރި އަދި ބޮޑުފޮޅުދޫއިން ވެސް ވަނީ ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!