އޭލެވަލް ޕޭޕަރުތަކެއް ލީކުވެއްޖެ

އޭޕްރިލް 27 ވަނަ ދުވަހުގެ ރޭގަނޑު 09:56 ހާއިރުން ފެށިގެން މިއަދުގެ މެންދުރު 13:17ގެ ނިޔަލަށް، “ޕިއާސަން” ގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް ފޯރުކޮށްދޭ އޭލެވެލް އިމްތިހާނުގެ ގިނަ އަދަދެއްގެ ކަރުދާސް ތަކެއް ލީކުވެއްޖެ އެވެ.

އިމްތިހާނު ތަކުގެ ޕީޑީއެފް ފައިލްތައް ލީކުވެފައިވަނީ ޒުވާނުން ތެރޭގައި މަޝްހޫރު ސޯޝަލް މީޑިއާ އައުޓްލެޓް، “ޑިސްކޯޑް” ގެ ސާވާއެއް ތެރެއިން ކަމަށް ސީއެންއެމް އަށް މައުލޫމާތު ފޯރުކޮށްދިން އޭލެވެލް ދަރިވަރުންތަކެއް ބުނެފައިވެއެވެ.

އެދަރިވަރުން ސީއެންއެމްއަށް މައުލޫމާތު ދިން ގޮތުގައި، ކެމިސްޓްރީ ޔުނިޓް 1، ފިޒިކްސް ޔުނިޓް 4، ބައޮލޮޖީ ޔުނިޓް 1، މެތަމެޓިކްސް ޕޭޕާ 1، ބިޒްނަސް ޔުނިޓް 1، އައިޓީ ޔުނިޓް 3، ކެމިސްޓްރީ ޔުނިޓް 3، ފިޒިކްސް ޔުނިޓް 1، މެކޭނިކްސް އެމް 2، އަދި ސްޓެޓިސްޓިކްސް އެސް 1 ގެ އިމްތިހާނު ކަރުދާސްތައް ވަނީ ލީކުވެފައެވެ.

މިގޮތަށް ކަރުދާސްތައް ލީކުވެގެން ދިއުމުން ވަރަށް ގިނަ އަދަދެއްގެ އޭލެވެލް ދަރިވަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!