މިވަގުތު އާ ވޭރިއެންޓެއް ރާއްޖޭގައި އުޅޭދާނެ: ޑރ. ނަޒްލާ

ރާއްޖޭގައި މިވަގުތު ކޮވިޑް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އަންނާތީ މިވަގުތު އާ ވޭރިއެންޓެއް ރާއްޖޭގައި އުޅޭދާނެ ކަމަށާއި އެ ކަމަށް އާންމުން ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން އަންގާ ގޮތަށް އަމަަލު ކުރުމަށް ގޮވާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސި) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖޭގެ ކޯވިޑް-19 ގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ނުރައްކާތެރި ހާލަތަކަށް ބަދަލުވަމުން ދާއިރު ވެކްސިނަށް ނުގުޑާ ވޭރިއެންޓެއް ފެތުރިދާނެ ކަމަށް ބަލައިގެން އަމަލުތައް ބަހައްޓަން ޖެހޭ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްޓިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖޭގެ ކޯވިޑްގެ ހާލަތު މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އަދި މާލޭގައި ކޮވިޑުގެ ބޮޑު އައުޓް ބްރޭކެއް އެބަ އޮތް ކަމަށް ކޮވިޑާ ގުޅޭ ކަންކަމުގައި ލަފާ ދޭ ”ޓެގް“ ޓީމުން ލަފާދީފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!