ޕްރިޔަންކާގެ ސަބަބުން ފިލްމެއް ލިބިފައެއް ނޯންނާނެ: މީރާ

މަޝްހޫރު މީހެއްގެ ތިމާގެ މީހަކަށް ވީތީ ފިލްމީ ދާއިރާގައި ވަކި މޮޅުތަކެއް ނުލިބޭ ކަމަށް، އެކްޓްރެސް މީރާ ޗޯޕްރާ ބުނެފިއެވެ.

މީރާއަކީ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ދެބެއިންގެ ދެދަރި ކުއްޖެކެވެ. މީރާ އެންމެފުރަތަމަ އެކްޓިންގ އަށް ނުކުތީ ތެލުގޫ ފިލްމަކުންނެވެ. އޭގެފަހުން ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެއެވެ. އޭގެތެރޭގައި “ގޭންގް އޮފް ގޯސްޓްސް” އަދި “1920 ލަންޑަން” ހިމެނެއެވެ.

މީޑިއާއަކަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި މީރާ ބުނީ، ޕްރިޔަންކާގެ އާއިލާއަށް ނިސްބަތްވާތީއޭ ކިޔާފައި އޭނާއަށް ފިލްމަކުން ފުރުސަތު ލިބިފައެއް ނުވެއެވެ. އަދި އެއްވެސް މީހަކު ޕްރިޔަންކާއާއި އެކްޓްރެސް ޕަރިނީތީއާ މީރާ އަޅާ ކިޔާފައި ނުވާ ކަމަށާއި، އެކަމާ އުފާވާ ކަމަށް މީރާ ބުންޏެވެ.

“މަޝްހޫރު މީހެއްގެ އާއިލާއަށް ނިސްބަތްވާތީ އަހަރެންގެ ކެރިއަރުގަ ވަކި މޮޅުތަކެއް ނުލިބޭ. ހަމައެކަނި ލިބުނު ފައިދާއަކީ، އެ އާއިލާގެ މީހަކަށްވީމަ ބެލުންތެރިން އަހަރެން ސީރިއަސްކޮށް ނެގި”، މީރާ ބުންޏެވެ.

މީރާ ބުނީ އެ ނޫން ހުރިހާ ގޮތަކުން ބެލިޔަސް އޭނާ ފިލްމީ ދާއިރާގައި ވަރަށް ހިތްވަރު ކުރަން ޖެހުނު ކަމަށެވެ.

މީރާ އެންމެފަހުން ފެނުނީ “ދަ ޓެޓޫ މާޑާސް” ކިޔާ ވެބް ސީރީޒަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!