އިންޑިއާގެ ޙާލަތާމެދު ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވުން ފާޅުކުރައްވައިފި

އިންޑިއާގައި ކޯވިޑް-19ގެ ޙާލަތު ގޯސްވަމުންދިޔުމާ ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފާޅުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއަށް މިވަގުތު ކޯވިޑް-19ގެ އިތުރު ރާޅެއް ކުރިމަތިވެ ދިމާވެފައިވާ ބިރުވެރި ޙާލަތުގެ ސަބަބުން ކަންބޮޑުވެ ހިތާމަކުރައްވާކަމަށެވެ.
މިޙާލަތުގައިވެސް ދިވެހިން ތިބީ އިންޑިއާއާ އެކުގައިކަމުގެ ޔަގީންކަން ރައިސްވަނީ ދެއްވާފައެވެ. އަދި އިންޑިއާ އޮތް ޙާލަތުން އަރައިގަތުމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ކަމާގުޅޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެމަސައްކަތަސް ރައީސްވަނީ ކާމިޔާބަށް އެދިވަޑައިގެންފައެވެ.

އިންޑިއާއަށް މިވަގުތު ކޯވިޑް-19ގެ އިތުރު ރާޅެއް ކުރިމަތިވެ އެޤައުމުގެ ސިއްޙީ ނިޒާމަށްވަނީ ނުތަކާފައެވެ. އިންޑިއާގެ އެކި ސަރަޙައްދުތަކަށް ބޭނުންވާ ބޭހާއި މެޑިކަލް އޮކްސިޖަން ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!