ދަނބިދޫއަށް އަރާ ފޭބުން މަނާކޮށްފި

ކޮވިޑް-19 ގެ ދެ ކޭހެއް ފެނިގެން ލ. ދަނބިދޫއަށް އަރާ ފޭބުން މަނާކޮށް އެ ރަށް އެޗްޕީއޭގެ މޮނިޓަރިންއަށް ގެންގޮސްފި އެވެ.

އެ ރަށުން ޕޮޒިޓިވްވެފައި ވަނީ ލ. މާމެންދޫ ކްލަސްޓާއާ ގުޅުންހުރި ދެ މީހެކެވެ. އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަރް ނިމެންދެން މާމެންދޫއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަަމަށެވެ.

އަތޮޅުތަކުގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދާއިރު މާމެންދޫން ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ އެކަނިވެސް އެ ރަށުން 77 މީހަކު ޕޮޒިޓިވްވި އެވެ. މިވަގުތު 23 ރަށެއް އޮތީ ބަންދު ކޮށްފަ އެވެ.

މޮނިޓަރިންގައިވާ ރަށްތައް

  • ޅ. ނައިފަރު
  • ޅ. ފެލިވަރު
  • އދ. މާމިގިލި
  • ތ. ވޭމަންޑޫ
  • ތ. ކިނބިދޫ
  • ތ. އޮމަދޫ
  • ތ. ގާދިއްފުށި
  • ތ. މަޑިފުށި
  • އއ. ބޮޑުފުޅަދޫ
  • ބ. އޭދަފުށި
  • ކ. ހިންމަފުށި
  • ތ. ތިމަރަފުށި
  • ކ. ގުޅި
  • ކ. މާފުށި
  • ހދ. ހަނިމާދޫ
  • ލ. މާމެންދޫ
  • ލ. ގަން
  • ލ. ފޮނަދޫ
  • ގދ. ތިނަދޫ
  • އއ. އުކުޅަސް
  • ކ. ތުލުސްދޫ
  • ލ. ދަނބިދޫ

މިދިޔަ ފަސް ދުވަހަކީ ރާއްޖޭގައި ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ފަސް ދުވަހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!