މާފުށިން މިހާތަނަށް 205 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކ. މާފުށިން މިހާތަނަށް 205 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މާފުށިން ފުރަތަމަ ކޮވިޑަށް މީހަކު ޕޮޒިޓިވްވީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހު ދެ މީހުން ޕޮޒިޓިވްވިއެވެ. 21 ވަނަ ދުވަހު 12 މީހަކު އަދި 22 ވަނަ ދުވަހު ހަތަރު މީހަކު ޕޮޒިޓިވްވިއެވެ. 23 ވަނަ ދުވަހު 41 މީހަކު އަދި 26 ވަނަ ދުވަހު 68 މީހަކު ޕޮޒިޓިވްވިއެވެ.

މިއަދުވެސް 47 މީހަކު ވަނީ އެ ރަށުން ޕޮޒިޓިވްވެފައެވެ.

މާފުށީގެ ކޭސްތަކާއި ގުޅިގެން 194 ކޮންޓެކްޓަކު ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރޭގައި ހައިރިސްކު 15 މީހަކު ހިމެނެއެވެ. މިހާތަނަށް އެ ރަށުިން 342 ސާމްޕަލް ނަގާފައިވާއިރު އަދިވެސް ނަތީޖާ ނުލިބޭ ބައެއް ސާމްޕަލްތައް ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކ. މާފުށީގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ.

މާފުށީ ކައުންސިލުން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ އިއްޔެ އިރުއޮއްސި ހަޔަކުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!