ނުރޯތި، އެކަމަކު ކައިޒީން މިހާރު އުޅެނީ ވަރަށް ސީރިއަސް ރިލޭޝަންޝިޕެއްގަ!

މަޝްހޫރު ދިވެހި މޮޑެލް އަދި މީސްމީޑިއާ އިންފްލުއެންސާ ކައިޒީން، އޭނާގެ ހަޔާތާބެހޭ މުހިންމު ސުވާލުތަކެއްގެ ޖަވާބު ދީފިއެވެ.

ޓީވީއެމް އިން ރޯދަމަހު ގެނެސްދޭ “މިވަގުތު” ޕްރޮގްރާމްގެ އަންގާރަ ދުވަހުގެ އެޕިސޯޑުގައި ޙާއްސަ މެހުމާނެއްގެ ގޮތުން ބައިވެރިވަމުން، ކައިޒީން ބުނީ އޭނާ މިހާރު ހުރީ ހުސްކޮށް ނޫން ކަަމަށެވެ. އަދި މިހާރު އުޅެނީ ވަރަށް “ސީރިއަސް ރިލޭޝަންޝިޕެއްގައި” ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، އޭނާގެ ލޯބިވެރިޔަކީ ކާކުކަމެއް ނުވަތަ އެ ގުޅުމާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ކައިޒީން ބުނީ “ވީ އާ ވެރީ މަޗް އިން ލަވް” ކަމަށެވެ. ދިވެހިން ތަރުޖަމާކުރާއިރު، އޭނާ އެބުނީ ލޯބިވެރިޔާއާ ދެމީހުން އުޅެނީ ވަރަށް ލޯބިން ކަމުގައެވެ.

ކައިޒީން އަށް އެންމެ ކަމުދަނީ ކިހިނެއް ތިބޭ ފިރިހެނުންނެއްތޯ ޝޯގެ ޕްރެޒެންޓަރު ސުވާލުކުރުމުން ބުނީ، ކެތްތެރި މީހުން ކަމަށެވެ. އަދި ދިރިއުޅުގައި ކަންކަމުގައި އެއްބާރުލުންދޭ “ކޯޕަރޭޓިވް” މީހުން ކަމަށްވެސް ބުންޏެވެ.

ކޮންމެއަކަސް، ކައިޒީން މިހާރު ސިންގަލް ނޫންކަން އެނގުމުން ގިނަ ފިރިހެނުންގެ ހިތަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!