އިންޑިއާގެ ތަރިއަކު، ކަރުބުރި ކޮށްލައިގެން އޭނާގެ ބޭބެ މަރާލައިފި

އިންޑިއާގެ ކަންނަޑާ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ ބަތަލާއަކު، އޭނާގެ ބޭބެ މަރައިލި މައްސަލައިގައި ހައްޔަރުކޮށްފިއެވެ.

ކަރުބުރި ކޮށްލައިގެން ބޭބެ މަރައިލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޝަނާޔާ ކަޓްވޭ ނަމަކަށް ކިޔާ އެކްޓްރެސް އެކެވެ. ޝަނާޔާ ވަނީ 2018 އިން ފެށިގެން މިހާތަނަށް ކަންނަޑާގެ ކާމިޔާބު ދެ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.

ޝަނާޔާ އޭނާގެ ބޭބެ ރާކޭޝް މަރާލާފައިވަނީ ލޯބިވެރިޔާއާ ގުޅިގެން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އަދި އެދެމީހުން ވެގެން ރާކޭޝް މަރާލަން ނިންމީ، އޭނާ އެދެމީހުންގެ ގުޅުމަށް އިންކާރުކޮށް އެކުގައި ނޫޅުމަށް އިންޒާރުކުރުމުން ކަމަށްވެސް ބުނެއެވެ. މީގެ އިތުރުން ރާކޭޝް އަށް އަނިޔާކޮށް ބޮލާއި ހަށިގަނޑު ވަކިކުރުމުގައި ޝަނާޔާގެ ލޯބިވެރިޔާގެ އިތުރުން 3 މީހަކު ބައިވެރިވި ކަމަށް ތުހުމަތުކޮށް، އެ އެންމެން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ.

ނޫސްތައް ބުނާގޮތުގައި، ރާކޭޝްގެ ބޮލާއި، ހަށިގަނޑުގެ އެކި ގުނަވަންތައް ފުލުހުން ހޯދާފައިވަނީ އެކި ހިސާބުތަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!