ލޯބީގެ ދަރުބާރު: ކަރީނާ އާއި ޝާހިދު ގެ ލޯބިގެ ނިމުން!

ކަރީނާ ކަޕޫރު އަދި ޝާހިދު ކަޕޫރު ގެ ލަވް ސްޓޯރީއަކީ އާ ވަހަކެއް ނޫނެވެ. މީ ދެހާހުގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައެވެ. ހޫރިހާ ނޫސް މަޖައްލާ ތަކަކުން މި ދެލޯބިވެރިންގެ ލޯބި އޭރު ދިއައީ ވަރަށް ގާތުން ގެނެސްދެމުންނެވެ.

ކަރީނާ އާއި ޝާހިދު ބައްދަލުވީ 2004 ވަނަ އަހަރުގައިއެެވެ. ކަރީނާ އަކީ ބޮލީވުޑްގެ މަޝްހޫރު ކަޕޫރު ހާންދާނުން ބޮލީވޫޑް އަށް ނިކުމެ ގިނަބައެއްގެ ހިތް ފަތަހަ ކުރި ތަރިއެކެވެ. އަދި ހަމައެހެންމެ ޝާހިދު ކަޕޫރަކީ ވެސް ފިލްމީ އާއިލާއަކުން ބޮލީވުޑް އަށް ނިކުތް ތަރިއެކެވެ. އެގޮތުން ޝާހިދު ކަޕޫރުގެ ބައްޕަ އަކީ ފިލްމީ ތަރި ޕަންކަޖް ކަޕޫރެވެ.

ޝާހިދު މަންމަ އަދި ބައްޕަ އާއި އެކުގައި

މި ދެތަރިން އެކުގައި އެއް ފިލްމަކުން އެންމެ ފުރަތަމަ ފެނިގެން ދިއައީ 2004 ވަނަ އަހަރުގެ ފިލްމު “ފިދާ”އިންނެވެ. މި ފިލްމުގެ ޝޫޓިންގ ގެ ތެރެއިން މި ދެތަރިންވެސް އެކަކު އަނެއްކަކުގެ ލޯބީ ގައި ފިދާ ވީއެވެ. އޭރު ކަރީނާ އަކީ ބޮލީވުޑްގައި މަގުބޫލު ތަރިއެކެވެ. ނަމަވެސް ޝާހިދު އަށް މާބޮޑު ކާމިޔާބެއް ހާސިލެއް ނުކުރެވެއެވެ. އޭނާ ބޮލީވުޑް އަށް ނިކުތްތާ އަރެއް ވަރެވެ. ހާލަތު ދިމާކުރި ގޮތުން “ފިދާ” އަކީ ފްލޮޕް ފިލްމެއް ނަމަވެސް އެ ދެމީހުންގެ ލޯބީ ދިއައީ ކުރިއަށެވެ. ބުނެވޭ ގޮތުގައި ޝާހިދުގެ ޖާދޫގައި ކަރީނާ ހުރި ރަނގަޅަށް ޖެހިފައިއެވެ. މި ލޯބި ހާސިލު ކުރުމަށް އިސްނެގި މީހަކީ ކަރީނާ ކަމަށް އޭނާ ވަނީ ކަރަން ޖޯހަރުގެ “ކޮފީ ވިތް ކަރަން” ގެ ޝޯއެއްގައި ކިޔައިދީފައިއެވެ.

އާންމުގޮތެއްގައި ބޮލީވުޑްގެ ތަރިން ނަކީ އެމީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ދައްކަން ޖެހިލުންވާ ބައެކެވެ. އަދި ހާއްސަކޮށް އެމީހުންގެ ލަވް ލައިފް ގެ ވާހަކަ އަބަދު ވެސް ބާއްވަނީ ސިއްރެއްގެ ގޮތުގައިއެވެ. ނަމަވެސް ކަރީނާ ވަނީ ވަރަށް ތަފްސީލުކޮށް އަމިއްލަ އަށް ޝާހިދު އާއި އޮތް ގުޅުމުގެ ވާހަކަ ދައްކާފައިއެވެ. ” ކޮފީ ވިތް ކަރަން” ގައި އެއްވެސް ޖެހިލުމެއް ނެތި ކަރީނާ ވަނީ އެ ދެމެދުގައި ކަންތަށް ވީގޮތް ވަރަށް ތަފްސީލާއި އެކު ކިޔާއިދީފައިއެވެ. އަދި ހަމަ އެހެންމެ މި ކަޕުލް ވަނީ އެކުގައި ބައެއް ފިލްމުތަށް ވެސް ކުޅެފައިއެވެ.

2004 ވަނަ އަހަރުގެ ފިދާއަށް އަށްފަހު މި ދެތަރިން އެކުގައި ފެނިގެން ދިއައީ 2006 ވަނަ އަހަރުގެ 36 ޗައިނާ ޓައުން އިން ބޮޑު ސްކުރީން އިންނެވެ. ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމުވެސް ވީ ފުލޮޕް އެވެ. އެއަށް ފަހު އެ ދެތަރިންގެ ފިލްމު “ޗުޕްޗުޕްކޭ” އިންވެސް ފެނިގެން ދިއައެވެ. ނަމަވެސް މި ފިލްމުވެސް ވީ ފުލޮޕްއެވެ. ނަމަވެސް ދެތަރިން އެކުގައި ބޭރުތެރެއިން ފެނުމާއި އެކުގައި ވަގުތު ހޭދަކުރުމާއި، ދެ ތަރިންގެ މެދުގައި އޮތް ލޯބި ދިއައީ ކުރިއަށެވެ. އެކަކު އަނެއްކަކު ނެއްނަމަ އެކަކު މަތިން އަނެއްކަކު ހަދާން އާ ކުރާ މަންޒަރު ވެސް ބައެއް ޝޯވ ތަކުން ވަނީ ފެނިގެން ގޮސްފައިއެވެ.

ކަރީނާ ހުރީ ޝާހިދު ގެ ލޯބީގައި އިންތިހާއަށް ބަނދެވިފައިއެވެ. ކަރީނާ ހުރީ ޝާހިދު އަށް އަށްޓަކައި ކޮންމެ ފަދަ ކެމެއް ވެސް ކުރާފަދަ ހާލަތެއްގައިއެވެ. އެދެމީހުން ވެސް ދިއައީ އެކަކު އަނެއްކެއްގެ ލޯބި މުޅި ދުނިޔެއަށް ދައްކަމުންނެވެ. އެކަކު އަނެއްކަކާއި ގުޅޭގޮތުން ހުރިހާ ކަމެއް ކަމެއް ދެމީހުންނަށް އިނގެއެވެ. އަދި ހަމަ އެހެންމެ ކަރީނާ ގެ ދައްތަ ބަތަލާ ކަރިޝްމާ އަދި އާއިލާ ވެސް ޝާހިދު އާއި މެދު ވަރަށް ހިތްހަމަ ޖެހޭކަމަށް ދިއައީ ފެންނަމުނެވެ. އައާލާއިން ޝާހިދު އަށް ނިކްނޭމްއެއްގެ ގޮތުގައި “ޑޯޑޯ” ކިޔާކަމަށްވެސް ވަނީ ހާމަވެގެން ގޮސްފައިއެވެ. ކަރީނާ އަށް ލޯބިން “ބޭބޯ” ކިޔާއިރު ކަރީޝްމާ އަށް “ލޯލޯ” ކިޔައެވެ.

2007 ވަނަ އަހަރުގައި ކައިވެނި ކުރުމަށް ވާހަކަ ދެކެވެމުންދިއަ މި ދެލޯބިވެރިންގެ ދިރިއުޅުމަށް 2007 ވަނަ އަހަރުގައި ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފައިއެވެ. މި ދެމެދުގައި އުފެދުނު ހިތްނުތަނަ ވަސް ކަމުގެ އަސްލު ފެށުމަކީ 2006 ވަނަ އަހަރުގައި މި ދެތަރިން އެކުގައި ފެނިގެން ދިއަ ފިލްމު “ޖަބްވީ މެޓް” އެވެ. ފިލްމު ފެށުނު އިރު މި ދެތަރިންގެ މެދުގައި އޮތް ލޯބި ކިތަންމެ ހަރުދާނަ ވެފައި އޮތް ނަމަވެސް މި ފިލްމުގެ ނިމެމުން ދިޔައިރު މި ދެމެދަށް ދުރުމިންއެއް ވަނީ އައިސްފައިއެވެ. ޝޫޓިންގ ގެ ސެޓް އަށް އެކުގައި އަންނަ މި ދެތަރިން 2007 ވަނަ އަހަރުގައި މުމްބައި ގެ ޖަބްވީމެޓް ގެ އެންމެ ފަހުގެ ޝޫޓިންގ އަށް ސެޓް އަށް ވަކި ވަކިން އައުން ވެގެން ދިއައީ ގިނަ ސުވާލުތަކެއް ކުރިމަތިވި ކަމަކަށެވެ. އަދި ޝޫޓިންގ ގައި ނުދައްނަ ދެމީހެއް ފަދައިން އުޅުމަށް ފަހު ހަމަ އެގޮތަށް ޝޫޓިން ނިންމާ ދިއައީއެވެ. އެކުގައި އުޅުން އިރު މި ދެތަރިން އެކުގައި ކުޅުނު ހުރިހާ ފިލްމެއް ވީ ފުލޮޕްއެވެ. ނަމަވެސް ބްރޭކްއަޕް އަށް ފަހު ރިލީޒް ވި މި ދެތަރިންގެ ފިލްމު “ޖަބްވީ މެޓް” ވީ ސުޕަ ހިޓް އަކަށެވެ.

ކަރީނާ ގެ އާއިލާ އާއި އެކު ސައިފް

މި ދެމީހުންގެ މެދުގައި މައްސަލަ ޖެހުމަށް މެދުވެރިވި ސަބަބަކަށް ވީ ސައިފް އަލީ ހާންއެވެ. ރިޕޯޓްތަށް ބުނެފައިވާ ގޮތުގައި ސައިފް އާއި ކަރީނާގެ ގުޅުން ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އެއީ ހަމައެކަނި ފަތުރާ ހަބަރެއް ކަމަށް ގިނަ ބަޔަކު ދިއައީ ބުނަމުންނެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އޭރު ސައިފް ވަނީ އަމްރިތާ އާއި ވަކިވެފައިއެވެ. އެ ކައިވެންޏަށް 13 އަހަރު ވެ ކައިވެނިން ދެކުދިން ވެސް ލިބުން ފަހުން ސައިފް އަމްރިތާ އާއި ވަކިވުމަށްފަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އިޓަލީގެ ރޯޒާ ކެޓަލީނާ އާއި އެވެ. ސައިފް ވަނީ ކަރީނާ ގެ ދައްތަ ކަރިޝްމާ އާއި އެކު މަސައްކަތް ކޮށްފައިއެވެ. އަދި ހަމަ އެހެންމެ ސައިފް ކަރީނާ އަށް ވުރެ 11 އަހަރު ދޮއްޓެވެ. އެހެންވެ ގިނަބަޔަކު އެއީ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށް ގަބޫލު ކުރިއެވެ. އެހެންނަމަ ވެސް 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 18ގައި އޮތް ލެކްމޭ ފެޝަން ވީކުގައި މި ދެތަރިން ވަނީ އެދެމެދުގައި އޮތް ގުޅުން މުޅި ދުނިއެއަށް ހާމަކޮށްފައިއެވެ. އަތާ އަތް ޖޯޑްކޮށްގެން އެ ޝޯވ ގައި މި ދެތަރިން ފެނުމުން ވަނީ އެންމެނަށް ވެސް ހައިރާންކަން ލިބިފައިއެވެ. އަދި ސައިފް ވަނީ މި ޝޯވ ގައި މިކަން އިއުލާން ވެސް ކޮށްފައިއެވެ. އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށާއި އަދި ތިބީ ވަރަށް އުފަލުން ކަމަށް ސައިފް ބުނެފައިވެއެވެ.

ކަރީނާ އާއި ޝަހިދު ބްރޭކްއަޕް ވި ނަމަވެސް މި ކަމުގެ އަސްލު ސަބަބު އޮތީ އޮޅުން ނުފިލައެވެ. ނޫސްތަކުކައި މި ބްރޭކްއަޕް ގެ ވާހަކަ ތަފާތު ގޮތްގޮތަށް ދިއައީ ޝާއިރު ކުރަމުންނެވެ. ބައެއް ހަބަރުތަކުން ހާމަވާ ގޮތުގައި ޝަހިދު އާއި އަމްރީތާ ރާއޯގެ ގުޅުން ކަރީނާ ހިތްހަމަ ޖެހޭ ކަމަކަށް ނުވީއެވެ. އެ ދެމެދުގައި އޮތް ރަހުމަތްތެރި ކަމުގެ ގުޅުން އެއީ ކަރީނާ ހިތްހަމަ ޖެހޭ ގުޅުމަކަށް ނުވީއެވެ. ސާހިދު އާއި އަމްރީތާ ވަނީ އެކުގައި ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައިއެވެ. އަދި ހަމައެހެންމެ އެއީ ގިނަބަޔަކަށް ކަމުދިއަ އޮންސްކުރީން ކަޕުލް އަކަށްވެސް ވިއެވެ. އަނެއްކޮޅުން ކަރީނާ ދިއައީ ސައިފްއާއި އެކު ފިލްމު ‘ޓަޝަން” ގައި މަސައްކަތް ކުރަމުންނެވެ. އަދި ފިލްމުގެ ސެޓުގައި ކަރީނާ ވަނީ އޭނާގެ ހިތުގެ އުދާސްތަށް ސައިފް އަށް ކިޔައިދީފައިއެވެ. އަސްލު ސަބަބު އޮތީ ފޮރުވިފައިއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ޝާހިދު ވަނީ އެދެމެދުގައި ޖެހުނު މައްސަލަތަށް ތަފްސީލް ކޮށްދީފައިއެވެ. ޝާހިދު ބުނެފައިވާ ގޮތުގައި އޭނަ އާއި ކަރީނާ އާއި ދެމެދުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި ދިރިއުޅުމާއިގެން ކުރިއަށް ދާން ބޭނުން ކަމަށާއި އުފާވެރި މުސްތަގުބަލެއް ބޭނުން ވާ ކަމަށް ޝާހިދު ވަނީ ބުނެފައިއެވެ. އަދި ހަމަ އެހެންމެ ހަބަރު ތަކުން ސައިފް އާއި އެކުގައި ކަރީނާ ފެނުމުން ހިތަށް ތަދުވާ ކަމަށާއި އޭނާ އަކީ ވެސް އިންސާނެއް ކަމަށާއި އިހުސާސު ތަކެއް ވާކަމަށް ވަނީ ބުނެފައިއެވެ. މި ވާހަތަކުން ސާފުވި ގޮތުގައި ބޭވަފާތެރިއަކީ ކަރީނާ އެވެ. ކަރީނާ މި ބްރޭކްއަޕް އާއި ބެހޭގޮތުން އެއްވެސް ވަރަކަށް ވާހަކަ ދައްކާފައިއެއް ނުވެއެވެ.

ޝާހިދު އާއި ކަރީނާ އެކޭ އެއްފަދައިން ސައިފް އާއި ކަރީނާ ވެސް ވަނީ އެކުގައި ގިނަ ފިލްމު ތަކަކުން ފެނިގެން ގޮސްފައިއެވެ. ނަމަވެސް ހަމަ އެ ހުރިހާ ފިލްމެއްވެސް ވަނީ ނާކަމިޔާބު ވެފައިއެވެ. އެހެން ނަމަވެސް އެދެމީހުން ގެ ގުޅުން އިތުރަށް ދިއައީ ކުރިއަށެވެ. ކަރީނާގެ ލޯބީގައި ސައިފް ވަނީ ކަރީނާގެ ޓެޓޫއެއް ވެސް އަތުގައި ކުރަހާފައިއެވެ. މި ލޯބިގައި މި ދެމީހުން ވަނީ 2012 ވަނަ އަހަރު ކައިވެނި ކޮށްފައިއެވެ. އަދި ހަމަ އެހެންމެ މި ކައިވެނިން ވަނީ ދެ ފިރިހެން ކުދިން ލިބިފައިއެވެ. އަނެއްކޮޅުން ޝާހިދުވެސް ވަނީ ކަރީނާ ހަދާން ނައްތާލައި ދިރިއުޅުމެއް ފަށާފައިއެވެ. މި އަދު ޝާހިދަކީ ވެސް ލޯބި ލޯބި ދެ ކުދިންގެ ބައްޕައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!