ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބަލަން ޓެކްސީތައް ޗެކް ކުރަނީ

ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ވޭތޯ ބަލަން ޓެކްސީތައް ޗެކް ކުރަން ފަށަފިއެވެ.

ފުލުހުން ބުނީ ކޮވިޑް ކޭސްތައް ފެންނަ މިންވަރު އަނެއްކާވެސް އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއާޕޯޓަށް ދަތުކުރާ ޓެކްސީ/ވެހިކަލްތައް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބެލުމަށް ފުލުހުން ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.

އެގޮތުން ހުޅުލެއަށް ދިއުމަށް ހުއްދަ ދެވޭނީ ހަމައެކަނި މިންގަނޑަށް ފެތޭ އުޅަނދުތަކަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭގެއިތުރުން މާލެއާއި ހުޅުމާލޭގައި ދުއްވާ ޓެކްސީ އާއި އުޅަނދުތައް ޗެކް ކުރަމުން ދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މި ދަނޑިވަޅުގައި، މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީ، އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތް ވާގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށް ހުރިހާ އެންމެނަށް ވެސް އިލްތިމާސް ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!