ދަނގެތީ މިސްކިތެއްގައި ބަހައްޓާފައިވާ ފަންޑު ފޮށި ވަގަށް ނަގައިފި

ދަނގެތީ މިސްކިތެއްގައި ބަހައްޓާފައިވާ ‘ލޯތްބާއެކު’ ފަންޑު ފޮށި ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ދަނގެތީ މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނެގި ކަމުގެ ރިޕޯޓު ރޭ 9:15ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ވަގަށް ނެގި ފަންޑު ފޮށި ފަޅާލުމަށްފަހު އެރަށު ގޯއްޗެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!