ހަސަދައާއި އެސްފީނާގެ ޝިކާރައަކަށް ވެފައިވާ ކަމުގެ އަލާމަތްތައް

އެސްފީނާއަކީ ޙަޤީޤަތެއް ކަމަށް ކީރިތި ރަސޫލާ މުޙައްމަދު(ޞ) ވަނީ ޙަދީޘް ކުރައްވައިފައެވެ. އެސްފީނާ ކުރިމަތިވަނީ އެމީހަކާމެދު ހަސަދަވެރިވާ މީހެއް ނުވަތަ ބައެއްގެ ފަރާތުންނެވެ. އެއީ ފަހަރުގައި ތިބާއަށް ލިބޭ މޮޅެއްގެ ސަބަބުން، ނުވަތަ ދިރިއުޅުން މާ އޮމާންކޮށް ދާތީއ އެކަމާ ހަސަދަވެރިވެގެން ކަމަށް ވެދާނެއެވެ. ތިބާއަށް އެސްފީނާ އަޅަނީ ކޮން ބައެއް ނުވަތަ ސީދާ ކާކު ކަން ބުނަން ނޭނގިދާނެއެވެ. ސަބަބަކީ، އެންމެ ހެޔޮއެދިގެން އުޅޭ ގާތް މީހާގެ ހިތުގައި ވެސް ހަސަދައިގެ ހުޅު ރޯވެދާނެތީއެވެ.

މިފަހަރު މި ކިޔައިދެނީ، އެސްފީނާގެ ޝިކާރަކައަށް ވެފައިވާ މީހެއްގެ ފަރާތުން ފެންނާނެ އަލާމާތްތަކެވެ.

 1. އިރުއިރުކޮޅާ އާފުރޭގޮތް ވުން. މިސާލަކަށް ނަމާދަށް ހުންނައިރު ވެސް އާފުރި، ލޮލުން ފެން އަންނަ ގޮތް ވެދާނެ
 2. އިރުއިރުކޮޅާ މީހާ ތުރުތުރުއެޅުން
 3. ކަމަކާ ނުލާ ރޮވޭގޮތް ވުން
 4. މޫނު ހުދުވުން
 5. އެއްވެސް ސިއްޙީ ސަބަބެއް ނެތި، ކާހިތް ނުވުން
 6. ކުއްލިއަކަށް ބަލިވާން ފެށުން
 7. އެކަހެރިވެ، މީހުންދެކެ ފޫހިވުން
 8. ބޯއެނބުރުން
 9. އަބަދު ރުޅިއައިސް ހުރުން. މިއީ އެންމެ ބޮޑު އެއް އަލާމަތް ކަމަށް ބުނޭ.
 10. މަރުދެކެ ބިރުގަނެ، އަބަދު އެވާހަކަ ދެއްކުން
 11. ކުރިން ރަނގަޅަށް ހުރެފައި ކުއްލިއަކަށް ޑިޕްރެޝަނަށް ގޮސް، އަމިއްލައަށް މަރުވުމުގެ ޚިޔާލު އައުން
 12. ރުޤްޔާ ޖަހާފައި ހުންނައިރު މޭނުބައިކޮށް ހޮޑުލެވުން. އަދި ރުޤްޔާ ޖަހާފައި ހުންނަިއރު ދާހިތްލައި، އާފުރި، ލޮލުން ފެން އައިސް ފާހަނާއަށް ދެވޭގޮތް ވާނަމަ އެއީ އެސްފީނާއިން ޝިފާލިބޭ ކަމުގެ ފާލެއް.
 13. އަބަދުވެސް ބޮލުގެ އެއްފަޅީގައި ރިއްސާފައި ހުރުން. މިކަމގެ ސަބަބުން ގިނަ ބޭސްތަކެއް ކާންޖެހޭ

އެސްފީނާއަކީ ސަމާސާއެއް ނޫނެވެ. ތިމާއަށް ލިބޭ މޮޅުތަކުގެ ވާހަކަ މާ ގިނަ މީހުން ކައިރީގައި ނުދެއްކުމަށް ބުނަނީ އެހެންވެގެންނެވެ. ޙާއްސަކޮށް މީސްމީޑިއާ އާންމުވެފައި އޮތް މި ޒަމާނުގައި، ކިރިޔާ އުފާވެރިކަމެއް ލިބޭއިރަށް މީސްމީޑިއާގައި ހިއްސާކުރާ މީހުން ވަރަށް ގިނައެވެ. އެއީ އެއްގޮތަކަށްވެސް ރަނގަޅު އާދައެއް ނޫނެވެ. އެހެނީ، ނުވެސް ދަންނަ މީހެއްގެ ފަރާތުން ވެސް އެސްފީނާ ލިބިދާނެތީއެވެ.

އެސްފީނާއާއި ހަސަދައިން ރައްކާތެރިވެ ތިބުމަށް، ފަތިސް ނަމާދާއި މަޤްރިބް ނަމާދުގެ ފަހުން ފަލަޤް ސޫރަތާއި ނާސި ސޫރަތް ތިންފަހަރު ކިޔާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!