އިތުރު 328 ކޭސްއާއެކު މިއަދު ރެކޯޑެއް

ރާއްޖެއިން އިތުރު މިއަދު 328 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 167 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 10 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 127 މީހަކާއި އިންޑަސްޓްރިއަލް ޕޮޒިޓިވް ވި 24 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 28،202 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 3,701 މީހުންނެވެ. މިވަގުތު 126 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.

މިރޭ އަލަށް ބަލިން ރަނގަޅުވީ 112 މީހުންނެވެ. މިއާއެކު މިހާތަނަށް ޖުމުލަ 24،421 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!