ޖަސްޓިން ބީބާގެ ހެއާސްޓައިލަށް ބޮޑު ބަދަލެއް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ހެއާސްޓައިލަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ޒުވާން އަންހެން ކުދިންގެ ހިތްތައް ފަހަތަ ކޮށްފައިވާ 27 އަހަރުގެ ލަވަކިޔުންތެރިޔާ އިއްޔެ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯތަކުގައި ފެންނަނީ އިސްތަށިގަނޑު ޑްރެޑް ކޮށްފައިވާ ތަނެވެ. ކުރިން އޭނާގެ އިސްތަށިގަނޑު ހުރީ ފަންކޮށް، ވަކި ގޮތަކަށް ސްޓައިލް ނުކޮށެވެ. އެހެންނަމަވެސް ކުއްލިއަކަށް ހެއާސްޓައިލަށް ބޮޑު ބަދަލެއް ގެނައީ ކީއްވެގެން ކަމެއް ސާފެއް ނޫނެވެ.

ޖަސްޓިން ބީބާގެ އާ ހެއާސްޓައިލަށް އެކި ކަހަލަ ކޮމެންޓުތައް ލިބިފައިވެއެވެ. އެގޮތުން އެއް ބަޔަކަށް އެ ލުކް ތަފާތުވެފައި ރީތިވިއިރު، އަނެއްބައި މީހުން ބުނީ އޭނާއާ ނުގުޅޭ ކަމަށެވެ. އަދި އޭނާ މިހާރު ވައްތަރީ ރެޕް ލަވަކިޔުންތެރިޔަކާ ކަމަށް ބުނެފައިވެއެވެ. މި ފާޑުކިޔުންތަކަށް ޖަސްޓިން ރައްދުދީފައެއް ނުވެއެވެ.

ޖަސްޓިން އެންމެފަހުން ނެރުނު ލަވަ އަލްބަމަކީ “ޖަސްޓިސް” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!