މޯލްޑިވިއަންއިން ޑާކާއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

މޯލްޑިވިއަންއިން، ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުންއައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ބަންގްލަދޭޝްގައި ކޯވިޑް-19 ފެތުރުން އިތުރުވުމާއެކު އެޤައުމަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން އެ ޤައުމުގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ. މޯލްޑިވިއަންއިން ވިދާޅުވީ ބަންގްލަދޭޝް ސަރުކާރުގެ މިނިންމުމުގެ ސަބަބުން ބަންގްލަދޭޝްގެ ޑާކާއަށް މޯލްޑިވިއަނުން ކުރުމަށް ހަމަޖެހިފައިވާ ހުރިހައި ދަތުރުތަކެއް މިމަހުގެ 28ގެ ނިޔަލަށް ކެންސަލްކޮށްފައިވާކަމަށެވެ.

ކޯވިޑް-19އަށްފަހު މޯލްޑިވިއަންއިން ކުރަމުންއައި ބައިނަލްއަޤްވާމީ ދަތުރުތައް އެންމެ ފުރަތަމަ ފެށި އެއް މަންޒިލްގެ ތެރޭގައި ބަނގްލަދޭޝްގެ ޑާކާ ހިމެނެއެވެ. މޯލްޑިވިއަންއިން ޑާކާއަށް އަލުން ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ފަހުންވަނީ ޑާކާއަށް ކުރާ ދަތުރުތައް ހަފްތާއަކު 4 ދަތުރަށް އިތުރުވެސް ކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!