އައްޒަގެ އުފަންދުވަހު ރިޝްމީގެ ފަރާތުން ލިބުނީ ހަތިމެއް

ދިވެހި މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ 32 ވަނަ އުފަންދުވަސް އިއްޔެ ފާހަގަކޮށްފައިވާއިރު، އޭނާއަށް އެކި މީހުންގެ ފަރާތުން ލިބުނު ހަދިޔާތަށް މީސްމީޑިއާގައި ހިއްސާކޮށްފިއެވެ.

އައްޒައަށް އޭނާގެ ގާތް މީހުންގެ ފަރާތުން ލިބުނު ހަދިޔާތަކުގެ ތެރޭގައި، ދައްތަ އައިޝަތު ރިޝްމީ ދިން ހަދިޔާ ވެސް ފޭނުންނަށް ދައްކާލާފައިވެއެވެ. ރޯދަ މަހާ ގުޅުވާފައި ރިޝްމީ އައްޒައަށް ދިން ހަދިޔާއަކީ ޚަތިމެކެވެ. އަދި އެ ޚަތިމަކީ އައްޒައަށް އެންމެ ކަމުދާ އެއް ކުލަ ކަމަށްވާ ފިޔާތޮށި ކުލައިގައި އިން ޚަތިމެކެވެ. އައްޒަ ވަނީ މި ހަދިޔާ ވަރަށް ކަމުދިޔަ ކަން ފާހަގަކޮށް، ދައްތައަށް ޝުކުރު އަދާކޮށްފައެވެ.

ފިރިމީހާ އަބްދުﷲ މުއާޒް(މުއާ) ގެ ފަރާތުން އައްޒައަށް މިފަހަރު ލިބުނު ހަދިޔާތަކުގެ ތެރޭގައި އެޕަލް ވޮޗް ސީރީޒް 6 އާއި ވައިއެސްއެލްގެ ސެންޓުފުޅިއެއް ހިމެނެއެވެ.

އައްޒައާއި ރިޝްމީއަކީ ދިވެހި ފިލްމީ ދާއިރާގެ ހުނަރުވެރި “ޔާރާ” އާއިލާއަށް ނިސްބަތްވަ ދެތަރިންނެވެ. މީގެތެރެއިން އައްޒައަކީ މީސްމީޑިއާގައި ވަރަށް ހަރަކާތްތެރި ބަތަލާއެއް ކަން ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!